ފަލަސްތީނު ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޕީއެސްއެމް އިން ކުރިޔަށް ގެންދާ 'ފަލަސްތީނާއެކު ދިވެހިން' ޓެލެތޯނު ނިމުނުއިރު 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ޕީއެސްއެމް އިން ބުނީ ޓެލެތޯން ނިމުނުއިރު 14.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ޓެލެތޯނު މެދުވެރިކޮށް ލިބުނު ފައިސާތައް ގުނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ "ކްރޯ މޯލްޑިވްސް"ގެ ބެލުމުގެ ދަށުންނެވެ.
ހަމައެކަނި ނަގުދު ފައިސާ އިން އެކަނި ވެސް 723،948 ރުފިޔާ މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ފަންޑު ފޮށިތަކަށް ލިބިފައިވެއެވެ. ޑޮލަރުގެ ގޮތުގައި ފަންޑު ފޮށިތަކަށް 1343 ޑޮލަރު އަދި 81 ޔޫރޯ ލިބިފައިވެއެވެ.
އޮންލައިން ބޭންކް ޓްރާންސްފާ މެދުވެރިކޮށް 6.8 މިލިއަން ދިވެހި ރުފިޔާ ލިބިފައިވާއިރު ޑޮލަރު އެކައުންޓަށް 33950 ޑޮލަރު ވަނީ ލިބިފައެވެ.
ޓެލެތޯން ކަވަރޭޖު ނިންމާލާފައިވީ ނަމަވެސް އަދިވެސް އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ވަނީ މިއަދު އިރުއޮއްސި 18:00އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި