މިމަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތާއި ގުޅިގެން، އެ މުބާރާތް ރާއްޖޭން ގެނެސްދޭ ދައުލަތުގެ ޓީވީ ކުންފުނި ޕީއެސްއެމް އިން ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
ޕީއެސްއެމް އިން ބުނީ "ޔޫފޯރިއާ" ނަމުގައި ބާއްވާ އެ ހަވީރު އޮންނާނީ ހުކުރު ދުވަހުގެ 16:00 އިން 18:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.
އެ ހަވީރުގައި ކުޑަކުދިންނާއި ގުޅޭ ތަފާތު އެކި ސްޓޯލުތަކާއި ގޭމުތައް އޮންނާނެ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
ޕީއެސްއެމް އިން ވަނީ ޔޫރޯއާ ގުޅިގެން ހާއްސަ ކަވަރޭޖެއް ގެނެސް ދިނުމަށް ނިންމައިފައެވެ. އެގޮތުން ޕީއެސްއެމް ފޯރި 2024" ނަމުގައި ހާއްސަ ކަވަރޭޖެއް ދާދިފަހުން ވަނީ ލޯންޗުކޮށްފައެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި