ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދި ސިޔާސީ ޕާޓީ، ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވައިފިއެވެ.
މި ޖަލްސާ އެންމެ ފުރަތަމަ ބާއްވަން ނިންމީ ގިޔާސުއްދީން ސްކޫލުގައެވެ. ނަމަވެސް އެތަނުގައި ޖަލްސާ ބާއްވަން ޕީއެންއެފް އަށް ދިން ހުއްދަ އެ ސްކޫލުން ވަނީ ފަހުން ބާތިލް ކޮށްފައެވެ.
ނަމަވެސް ޕީއެންއެފް އިން އެތަނުގައި ޖަލްސާ ބާއްވަން މަސައްކަތްކުރިއެވެ. އެކަމަކު އެޑިއުކޭޝަނުން ސްކޫލު ރައްކާތެރި ކޮށްދޭން އެދުމުން ފުލުހުން އައިސް އެކަމަށް ހުރަސް އެޅިއެވެ.
ފަހުން ޕީއެންއެފް އިން ޖަލްސާ ބޭއްވީ ރާޅުގަނޑުގައެވެ. އެ ޖަލްސާގައި 329 ގިނަ މެންބަރުން ބައިވެރިވިއެވެ. ޖަލްސާގެ ހާޒިރީ ބެލީ އިލެކްޝަންސް ކޮމިޝަނުންނެވެ.
އަދި އެ ޖަލްސާގައި ޕީއެންއެފްގެ ވަގުތީ ރައީސަކަށް ޕާޓީގެ މުއައްސިސް އަދި ޔާމީންގެ ދަރިކަލުން ޒެއިން ވަނީ އިންތިހާބު ކުރައްވައިފައެވެ.
ދާއިމީ ސެނެޓު އެކުލަވާލެވެންދެން 20 މެންބަރުންގެ ކޮމެޓީއެއް ނެގިއިރު އެ ކޮމެޓީގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އަދި މިވަގުތު ގޭ ބަންދުގައި ހުންނެވި ޔާމީން ހިމެނެއެވެ.
މި ޖަލްސާގައި ޔާމީން ބައިވެރިވަޑައިގަތުމަށް ހުއްދައަށް އެދުނެވެ. ނަމަވެސް އެ ހުއްދަ ކަރެކްޝަނަކުން ނުދެއެވެ. ނަމަވެސް ޔާމީން ބައިވެރިވާނެ ކަމަށް ޕީއެންއެފް އިން ބުންޏެވެ. އެކަމަކު އެ ޖަލްސާ އަށް ޔާމީން ވަޑައެއްނުގަންނަވައެވެ. ޖަލްސާގައި ޔާމީންގެ އަނބިކަނބަލުން ބައިވެރިވެވަޑައިވަތެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން