އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބާތިލް ނުކުރާތީ ކުރީގެ ރައީސް ޔާމީން ނުރުހުން ފާޅު ކުރައްވައިފިއެވެ.
ޕީޕީއެމް/ޕީއެންސީން އިންޑިއާ އައުޓް ހަރަކާތެއް ފަށާފައި ވަނިކޮށް ގައުމުތަކާ ދެކޮޅަށް އެފަދަ ހަރަކާތްތައް ހުއްޓުވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2022ވަނަ އަހަރު ގަރާރެއް ނެރުއްވި އެވެ. އެ ގަރާރުގެ ދަށުން އިންޑިއާ އައުޓް ބެނާތަކާއި ޕޯސްޓަރުތައް ފުލުހުން ނެގިއެވެ.
ރައީސް ޔާމީން އަލަށް އުފެއްދެވި ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާއެއްގައި އާއްމު މެންބަރެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޔާމީން ވަނީ މި ސަރުކާރުން އެ ގަރާރު ބާތިލް ނުކުރާތީ ސުވާލު އުފައްދަވައިފައެވެ. ޔާމީން ވިދާޅުވީ ކުރީގެ ރައީސް ސޯލިހް އެ ގަރާރު ނެރުއްވުމުގެ ކުރިން އިންޑިއާ އައުޓް ހަރަކާތްތަކުން ކާމިޔާބުތަކެއް ލިބުނުކަން ފާހަގަކުރައްވާފައެވެ.
އަދި އެ ގަރާރާއެކު އިތުރަށް އެ ހަރަކާތް ކުރިޔަށް ނުގެން ދިޔައީ، ސަލާމަތީ ބާރުތަކާއެކު ހަމަނުޖެހުމަކަށް ދާން ބޭނުން ނުވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ބާތިލު [ގަރާރު] ކުރީމަ ދެއްތޯ މާދަމާ ވެސް އަޅުގަނޑު ގޭގައި ހަމަ އިންޑިއާ އައުޓްގެ ބެނާ ވެސް ހުންނާނީ. އަދި އިންޑިއާ އައުޓް މަސައްކަތުގައި މަގުމައްޗަށް ވެސް ނުކުމެވޭނީ،" ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީން އިދިކޮޅުގައި އޮތްއިރު ރައީސް ސޯލިހްގެ ސަރުކާރުން ނެރުނު އެ އަމުރު ގޯސް ކަމަށް ބުނި ބަޔަކު މިއަދު ސަރުކާރަށް އައިސް އެ ގަރާރު ބާތިލް ނުކުރާތީ ޔާމީން ވަނީ ފާޑު ވިދާޅުވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން