ކޮންސްޓްރަކްޝަން އަދި ޓްރާންސްޕޯޓުގެ މަސައްކަތް ކުރުމަށް ދައުލަތުން އުފައްދާފައިވާ ކުންފުނި އެމްޓީސީސީ އަށް ބާރު ބޮޑުވާތީ ހަމަ އެ މަސައްކަތް ކުރާ އިތުރު ކުންފުންޏެއް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް ވިދާޅުވީ އެމްޓީސީސީގައި މަސައްކަތްތައް "ފުނި" ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކުންފުންޏަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތަކުގެ އަދަދު ގިނަވެ މަސައްކަތްތައް ބޮޑުވެފައިވާ ކަމަށެވެ.
އެމްޓީސީސީ ފަދަ އިތުރު ކުންފުންޏެއް ހެދުމަށް ނިންމީ އެ ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވުނު މަޝްވަރާގެ ތެރެއިން ކަމަށް ނާޒިމް ވިދާޅުވިއެވެ.
އާ ކުންފުންޏެއްް އުފެއްދުމުގެ މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ބާރު ސްޕީޑުގައި ކޮށް ނިންމައި ދިނުން ކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި