ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބުނު ފަރާތްތަކުގެ ގޯތިތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ ފުށިދިއްގަރު ފަޅަށް ބަދަލު ކުރާ ވާހަކަ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ދޮގު ކުރައްވައިފިއެވެ.
އެކްސްގައި ރޭ ފަޒުލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް ތިނަކުން ބިން ލިބުނު ފަރާތްތަކުގެ ބިންތައް ފުށިދިއްގަރު ފަޅަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ބުނެ، ދެކެވޭ ވާހަކަތަކަކީ އެކަމުގައި އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ.
ފުށިދިއްގަރުފަޅުން ގާތްގަނޑަކަށް 1200 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެއެވެ. މިތަނަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިއްކަން ނިންމާފައި އޮތް ތަނެކެވެ. މިތަން ހިއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނާފައި އޮތެވެ.
އެހެންނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެތަން ހިއްކުމަށް ބަޖެޓުގައި ހިމަނާފައިވާ ފައިސާ އުނިކޮށްފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން