މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން އެކި ދާއިރާތަކުގެ މަސައްކަތުގެ ހުނަރާއި ތަމްރީނު ދިނުމަށާއި އެކި ދާއިރާތަކުގެ ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން "ބިނާވެހި" ނަމުގައި ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
އާރްޑީސީން ބުނީ މިއަދު ފެށިގެން ދިޔައީ އެ ޕްރޮގްރާމުގެ ފުރަތަމަ ބުރު ކަމަށެވެ.
އެ ބުރުގައި 11 ދާއިރާ އަކުން ދަރިވަރުން މަސައްކަތުގެ ހުނަރާއި ތަމްރީނު ފުރިހަމަ ކުރަމުންގެންދާނެ ކަމަށާއި އެ ޕްރޮގްރާމްގެ މުއްދަތަކީ 6 މަސް ދުވަސް ކަމަށް އާރްޑީސީން ބުންޏެވެ.
އާރްޑީސީން ބުނީ އިންޓާންޝިޕްގައި ހަވާލު ކުރެވޭނީ ދަރިވަރަކު އެޕްލައި ކުރާ ދާއިރާއަކާއި ގުޅޭ މަސައްކަތެއް ކަމަށެވެ. އެގޮތުން އެސިސްޓެންޓް އިންވެންޓަރީ އޮފިސަރަކަށް ހުށަހަޅާ ދަރިވަރެއްގެ ޒިންމާއަކަށް ވާނީ އެ ކޯޕަރޭޝަންގެ ސްޓޮކަށް ތަކެތި ރިކުއެސްޓު ކުރުން ކަމަށް އާރްޑީސީން ބުނެއެވެ.
މަސައްކަތަށް ރަނގަޅު މުވައްޒަފުންނަށް ދާއިމީ ވަޒީފާ ލިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އާރްޑީސީން ބުނެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން