މ. ކޮޅުފުއްޓާއި، ރ. އިނގުރައިދޫގެ މަގުތައް ހަދަން ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކޮށްފިއެވެ.
ކޮޅުފުށި މަގު ހަދަން ހަވާލުކުރީ 730 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
ސަރުކާރު ބަޖެޓުން 93،787،059.02 (ނުވަދިހަ ތިން މިލިއަން ހަތްލައްކަ އަށްޑިހަ ހަތްހާސް ފަންސާސް ނުވަ ރުފިޔާ ދެލާރީ) ހަރަދުކުރާ އެ މަޝްރޫއުގެ ދަށުން 2.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމުގެ ގާއިމްކުރުމުގެ އިތުރަށް މަގުތަކުގައި ބައްތި ޖަހާނެއެވެ.
އިނގުރައިދޫ މަގު ހެދުމުގެ މަޝްރޫއު އަކީ .9056،430،885 (ފަންސާސް ހަ މިލިއަން ހަތަރު ލައްކަ ތިރީސްހާސް އަށްސަތޭކަ އަށްޑިހަ ފަސްރުފިޔާ ނުވަދިހަލާރި) އެވެ. 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގެ ދަށުން 1.9 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމްކުރުމުގެ އިތުރން މަގުތަކުގައި މަގުބައްތި ޖެހުން ހިމެނެއެވެ.
އެ ދެ މަޝްރޫއުގައި ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ. އާރްޑީސީން ސޮއިކުރީ ޖެނެރަލް މެނޭޖަރު ހަސަން ސައީދުއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން