ހ. ފެންޓެނޯއިއަށް ނޫސްވެރިން ވައްދަން ގޭގެ ވެރިން ދެކޮޅު ހެދި ކަމަށް ބުނެ ފުލުހުން ހެދީ ދޮގުކަން ހާމަވެއްޖެ

ހ. ފެންޓެނޯއި -- ފޮޓޯ: އަދަދު

ހ. ފެންޓެނޯއި -- ފޮޓޯ: އަދަދު

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހ. ފެންޓެނޯއި ގެއަށް ނޫސްވެރިން ވައްދަން އެ ގޭގެ ވެރިފަރާތުން ދެކޮޅު ހެދި ކަމަށް ބުނެ ފުލުހުން ހެދީ ދޮގުކަން ހާމަވެއްޖެ އެވެ.

ފެންޓެނޯއިގޭގެ ވެރިފަރާތުން އަދަދު އާ ވާހަކަ ދައްކަމުން ބުނީ މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެ ގެއަށް ނޫސްވެރިން ވެއްދުމާ ގުޅޭގޮތުން ފުލުހުން ގުޅާފައި ނުވާ ކަމަށެވެ.

އެ ގެއަށް ނޫސްވެރިން ވެއްދުމުގެ އިންތިޒާމު ހަމަޖައްސަން ތައްޔާރަށް ތިބި ނަމަވެސް، އެފަދަ އިންތިޒާމެއް ހަމަޖައްސަން ފުލުހުން ބުނެފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުލުހުންގެ ފަރާތުން އެއްވެސް މީހަކު ގެއަށް ނޫސްވެރިން ވެއްދުމުގެ ކަންތަކާ ގުޅާފައެއް ނުވޭ. އަހަރުމެން މިތިބީ ފުލުހުން އެފަދަ އިންތިޒާމެއް ހަމަޖައްސަން އަންގަންދެން. މިހާތަނަށް އެފަދަ އެއްވެސް އިރުޝާދެއް ފުލުހުންގެ ފަރާތުން އައިސްފައި ނުވޭ،" އޭނާ ބުންޏެވެ.

ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމަށްފަހު މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ފެންޓެނޯއިގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާ ކުރުމުން އެ ގެއަށް ނޫސްވެރިން ނުވެއްދޭނެ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށެވެ.

"މިއަދުގެ ޕްރެސްގައި ދެންނެވި ގޮތަށް ހާދިސާ ހިނގި ގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާ ކުރުމުން އެގެއަށް މީޑިއާ ވެއްދުމުގެ ހުއްދަ ދެވެންނެތްކަމަށް ވަނީ ދަންނަވާފައި،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

އެކަމާ ގުޅިގެން ފުލުހުން ދޮގު ހެދީ ކީއްވެގެންކަން ސާފުކުރުމަށް އަދަދު އިން ގުޅުމުން އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެންޓެނޯއި ގެއަށް ނޫސްވެރިންނަށް ނުވަދެވޭނެ ކަމަށް ގޭގެ ވެރިން ފުލުހުންގެ ސީނިއާ ބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ.

ޔުމްނު ވެއްޓުނު ކަމަށް ފުލުހުން ބުނަނީ ފެންޓެނޯއި ގޭގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ފެންލައިޓަކުންނެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ފެންޓެނޯއި ގޭގެ ސިޑިގޮޅި ފެންނަ ސީސީޓީވީ ފުޓޭޖު ވެސް އާންމު ކޮށްފަ އެވެ. އެއީ މީގެ ކުރިން ސިއްރު ކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ފުޓޭޖެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ޔުމްނު ވެއްޓުނު ކަމަށް ބެލެވެނީ ހުކުރު ދުވަހުގެ ފަތިހު 4:52 ހާއިރު އެވެ. ޔުމްނު އާއި ރައުދު އެ ގެއަށް ވަނުމާ ހަމައިން ކަން ހިނގަމުން ދިޔަ ގޮތް އެ ވީޑިއޯއިން ފެނެ އެވެ. އަދި ޔުމްނު ވެއްޓުމަށްފަހު އޭނާ ހޯދުމަށް ރައުދު އުޅޭ މަންޒަރު ވެސް ފުލުހުން އާންމުކުރި ވީޑިއޯ ފުޓޭޖުން ފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީއަކީ ފަނާކުރަނިވި ފިކުރެއް: މުއިއްޒު

އެމްޑީޕީއަކީ އިސްލާމީ ތައުލީމާއި ގައުމުގެ މިނިވަންކަމަށް ހުރަސްއަޅާ ފަނާކުރަނިވި ފިކުރެއް ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ދ. މީދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ޕީއެންސީއަކީ ގައުމު ބިނާކުރާ ފިކުރު ކަމަށާއި، މަސްތުވާތަކެއްޗާއި ވޭޕް މަނާކުރުން ފަދަ ކަންކަމުން އެކަން ސާބިތުވާ ކަމަށެވެ.

އިންޑިއާއިން އުޅުނީ އަތްގަދަކުރަން ކަމަށް މުންދު ވިދާޅުވެއްޖެ

ކުރީގެ ސަރުކާރުން އިންޑިއާގެ ނުފޫޒުގެ ދަށަށް ދިޔައީ ސިޔާސީ މަންފާއާއި ފައިސާގެ ބޭނުމުގައި ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާނު މުންދު އެކަމަށް ފާޑުވިދާޅުވެއްޖެ. ކޮންމެ ގައުމަކުންވެސް އަމިއްލަ އެދުމަށް މަސައްކަތް ކުރާނެކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ ގައުމުގެ މިނިވަންކަން ގެއްލޭގޮތަށް ވަކި ބައެއްގެ "އުނގަށް އެރުން" ނުރައްކާތެރި ކަމަށް.

ރާއްޖޭގެ މަންދޫބުންނަށް އެއްބާރުލުން ނުދިނުމުން ކަންބޮޑުވުން

ޖެނީވާގައި ބޭއްވި އައިއެލްއޯގެ 114 ވަނަ ކޮންފަރެންސްގައި ރާއްޖޭގެ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ މަންދޫބުން ބައިވެރިވުމަށް ސަރުކާރުން އެއްބާރުލުން ނުދިނުމުން އެމްޓީޔޫސީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު އަދި މަސައްކަތްތެރިންގެ އަޑު ކަނޑުވާލުން ކަމަށް ބުނެ، އެ ފުރުސަތު ނުދިން ސަބަބު ސާފުކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

އެމެރިކާގެ އެންޓި ޓެރަރިޒަމް ޔުނިޓުން ފުލުހުންނަށް ތަމްރީން ދީފި

އެމެރިކާގެ އެންޓި ޓެރަރިޒަމް އެސިސްޓަންސް ޔުނިޓުން އިސްނަގައިގެން، އޮޕަރޭޝަންތަކުގައި ފާރަބަލާ ކުއްތާ ބޭނުންކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކެއް ދިވެހި ފުލުހުންނަށް ދީފިއެވެ. މި ތަމްރީނުތަކުގައި ކުއްތާ ބޭނުންކޮށްގެން އުޅަނދުތައް ބަލައިފާސްކުރުމާއި، ކުއްތާއަށް ބޭނުންވާ ފަސްޓްއެއިޑް ދޭނެ ގޮތްތައް ފުލުހުންނަށް ވަނީ ދަސްކޮށްދީފައެވެ.

އޮކްޓޯބަރު 3 ގެ މުޒާހަރާ: ބުދަ ދުވަހު ޝަރީއަތް ފަށަނީ

ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ހުޅުމާލެ އުތުރު ކައުންސިލަރު ފާތިމަތު ޒަހިއްޔާ، އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލްޣަނީ، އަލީ ނައުފަލް، އައިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒު، އަދި ހުސައިން ރަޝީދުގެ މައްޗަށް.

ނަޝީދުގެ ރިޔާސަތުގެ ފުރަތަމަ ގައުމީ މަޖިލިސް މާދަމާ ދޭ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް ދަނީ ތައްޔާރުވަމުން. މިއީ އިންތިހާބަށްފަހު ނަޝީދު ގައުމީ މަޖިލިހާ ބައްދަލުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މިރޭ ގައުމީ މަޖިލީހާ ނުރަސްމީކޮށްވެސް ނަޝީދު ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައި.

އެޗްޕީއޭގެ ދާއިމީ އޮފީހެއް ނެތުމުން ހިދުމަތްތަކަށް ބުރޫއަރައިފި

އެޗްޕީއޭގެ ދާއިމީ އޮފީހެއް ނެތި 10 މަސް ދުވަސް ވެފައިވާއިރު، މުވައްޒަފުން އެކި ތަންތަނަށް ބެހިފައިވުމުގެ ސަބަބުން އެ އެޖެންސީން ދޭ ވޯކް ޕާމިޓް މެޑިކަލް ފަދަ މުހިންމު ހިދުމަތްތައް ހޯދުމުގައި އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް މައުލޫމާތު ލިބޭ.

Newsletter

Get the latest news delivered straight to your inbox